އަބުރުގެ ބިލަށް ވޯޓު ނުދިނުމަށް މެންބަރު ރިފާއުގެ އަރިހުން އެއްވި މީހުން އެދެނީ – ފޮޓޯ: އެމްޑީޕީ
އަބުރުގެ ބިލަށް ވޯޓު ނުދިނުމަށް މެންބަރު ރިފާއުގެ އަރިހުން އެއްވި މީހުން އެދެނީ – ފޮޓޯ: އެމްޑީޕީ

އަބުރުގެ ބިލަށް ވޯޓު ނުދޭން މެންބަރުންނަށް ގޮވާލަން ބަޔަކު މަޖިލީސް ކައިރިޔަށް!

އަބުރުގެ ބިލަށް ވޯޓު ނުދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައި މަޖިލީސް އިދާރާ ދޮށަށް މިއަދު ބަޔަކު އެއްވެ އަޑުއުފުލައިފި އެވެ.

ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމުގެ ހައްގު ދީފައިވާ މާއްދާ ”27ގެ ދިފާއުގައި“ ޖަހާފައިވާ ބޯޑުތައް ހިފައިގެން އެއްވި މީހުން ގޮވާލީ އެ ބިލް އަނބުރާ ގެންދިއުމަށެވެ. އަދި އެ ބިލުން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް ނިގުޅައިގަނެވެތީ އެބިލަށް ވޯޓު ނުދޭން މެންބަރުންގެ ކިބައިން އެދުނެވެ.

އެއްވި މީހުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ވަނީ މަޖިލީހަށް އެގަޑީގައި ވަދެވަޑައިގެން ބައެއް މެންބަރުން މަޑުކުރުވާ ބިލަށް ވޯޓު ނުދިނުމަށް އެދިފައި އެވެ. އެއްވި މީހުން ބުނިގޮތުގައި މަޖިލިސް އިންތިހާބުގައި މެމްބަރުންނަށް ވޯޓު ދިނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް ވައުދުވެވަޑައިގަތުމުންނެވެ.

އެމީހުން ބުނީ މި ބިލަށް ވޯޓު ދޭ ގޮތަކުން މެމްބަރުންގެ އިހްލާސްތެރިކަން ހާމަވާނެ ކަމަށެވެ.

މަޖިލީސް އިދާރާ މައި ގޭޓު ކުރިމަތީގައި ޝުއޫރު ފާޅުކުރަނިކޮށް ފުލުހުން ވަނީ އެ ސަރަހައްދުން އެ މީހުން ފަހަތަށް ޖައްސައިފަ އެވެ. ފުލުހުން ބުނ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ފުލުހުން ބަލަހައްޓަމުންދާ ކަމަށެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލަށް ވޯޓު ނުދޭން ގޮވާލައި ބަޔަކު އެއްވިއިރު، އެ ބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށް އެބަދެ އެވެ. އެ ކެމްޕޭންގައި، ބިލަށް ވޯޓު ނުދޭން އެ ދާއިރާއެއްގެ މެމްބަރަށް ގުޅައިގެންނާއި މެސެޖްތަކުން އަންނަނީ އެދެމުންނެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *