އަޒްލީން ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާ، މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ – ފޮޓޯ: ރައިސް އޮފީސް
އަޒްލީން ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާ، މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ – ފޮޓޯ: ރައިސް އޮފީސް

އަޒްލީނަށް ރުހުން ދިނުުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ހޯމް މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ އަޒްލީން އަހުމަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފޮނުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ އަޒްލީންއަށް މަޖިލީހުން ދިނުމާއި މެދު ގޮތެއް ނިންމަވައިދެއްވުން އެދި ސިޓީ ފޮނުވާފައި އެވެ. އަޒްލީން ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އޭގެ ކުރިން އޭނާ ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބުގެ މަގާމުގައި އެވެ.

އަޒްލީން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކުރައްވައި، ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *