އެސްޓީއޯ ސުޕަރމާރޓް ގެ ހޯލްސޭލް ސެންޓަރު ހުޅުވައިފި

ދުނިޔޭގެ 20 ޤައުމަކުން އެތެރެކުރާ 36 ބްރޭންޑްގެ ތަފާތު ބާވަތްތައް ހިމެނޭގޮތަށް އެސްޓީއޯއިން ސުޕަރމާރޓް ހޯލްސޭލް ސެންޓަރ ހުޅުވައިފިއެވެ.

އޯކިޑް މަގުގައި ހުންނަ އެސްޓީއޯ ސުޕަރމާރޓް ފިހާރައިގެ ހުޅަނގު އުތުރު ކަންމަތީގައި ހުޅުވިގެންދިޔަ ސްޕަރމާރޓް ހޯލްސޭލް ސެންޓަރުން ޚިދުމަތްދެމުން ގެންދާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 0830 ން 1200 ށް އަދި މެންދުުރުފަހު 1300 ން ހަވީރު 1700 އަށެވެ. މިފަދަ ސެންޓަރެއް ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ ޢާންމުންނަށް ހެޔޮއަގުގައި ފެންވަރު ރަނގަޅު ކާބޯތަކެތި ފޯރުކޮށްދިނުމާއެކު، ޢާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ އަގު ބާޒާރުގައި އެއްވަރެއްގައި ހިފެހެއްޓުން ކަމުގައި އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

new 3

މައިގަނޑު ގޮތެއްގައި ދުނިޔޭގެ ހަތަރު ބައްރަކުން އިންޕޯޓްކުރަމުންއަންނަ ބްރޭންޑްތައް ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބިގެންދާނެއެވެ. އެގޮތުން ޔޫރަޕުގެ 9 ބްރޭންޑް، އޭޝިޔާގެ 19 ބްރޭންޑް، މެދުއިރުމަތީގެ 5 ބްރޭންޑް އަދި އެފްރިކާގެ 3 ބްރޭންޑް ހިމެނެއެވެ.

އެސްޓީއޯ ސްޕަރމާރޓުން އެތެރެކޮށް ވިއްކަމުންދާ އުފެއްދުންތަކުގެ ތެރޭގައި ދިވެހިން ދިރިއުޅުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ކާބޯތަކެތީގެ ބާވަަތްތައް ގިނަ އަދަދަކަށް ހިމެނެއެވެ. އެގޮތުން ކައްކާ ތެޔޮ، ސަންފްލާވާ ތެޔޮ ، ބާސްމަތީ ހަނޑޫ ، ގެރިކިރު، ތަފާތު ވަައްތަރުގެ ޖޫސް، ހިކި ކިރު، ޕާސްތާ، ސުޕެގެޓީ، ރައިބީނާ، ކޮފީ އަދި ސައިފަތް ހިމެނެއެވެ. މީގެއިތުރުންވެސް ޒަމާންތަކެއް ވަންދެން ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދައިފައިވާ އެސްޓީއޯ އިން އެތެރެކުރާ ބުރޭންޑްތައް ކަމުގައިވާ ޑެވަންޑޭލް ކިރު، ރޮބަރޓް ލަންޗެން މީޓް، ފްރަގާޓަރ އޮލިވްސް އަދި އޮލިވް އޮއިލް، ސުޕަރ ކަޕް ނޫޑްލީސް، ބޮންޑުއެލް ތަރުކާރީ ދަޅު އަދި ކުރުގަރ ޕާސްތާ ނުސާ ވެސް މިތަނުން ހޯލްސޭލްކޮށް ލިބެންހުންނާނެއެވެ. ހަމަ މިއާއެކު، މިދެންނެވި ބްރޭންތަކުގެ އަޖުމަ ބައްލަވައިލެއްވުމުގެ ފުރުސަތު ހޯލްސޭލް ސެންޓަރުންވަނީ ކަސްޓަމަރުންނަށް ހުޅުވާލެވިފައެވެ. މީގެއިތުރުން، އެސްޓީއޯ ސްޕަރމާރޓުން އެތެރެކޮށް ވިއްކަމުންދާ 36 ބްރޭންޑުގެ އުފެއްދުންތައް އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ 13 ރީޖަނަލް ފިހާރައިންވެސް މާލެއާ އެއްއަގެއްގައި ހޯލްސޭލްކޮށް ލިބިވަޑައިގަންނަވާނެއެވެ.

new 2

ސްޕަރމާރޓް ހޯލްސޭލް ސެންޓަރުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރައްވާ ކޮންމެ ބޭފުޅަކަށްވެސް މާލޭގެ ކޮންމެ ތަނަކަށްވެސް މުދާ ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. އަތޮޅުތެރޭގައި އެސްޓީއޯގެ ފިހާރަ ޤާއިމުވެފައިނެތް ރަށްރަށުގެ ބޭފުޅުންނަށްވެސް ސުޕަރމާޓް ހޯލްސޭލް ސެންޓަރަށް ފޯނުން ގުޅުއްވައިގެން މުދަލަށް އޯޑަރ ކުރެއްވުމާއި ބައްލަވައިގަންނަވާ މުދަލަށް ފައިސާ ދެއްކެވުމުގެ ކަންކަން ލުއިފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެގޮތްވެސް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *