ބައިސްކަލް ސްޓްންޓް ހެދުމުގައި ދުނިޔޭގެ ޗެމްޕިއަން, ހަ ދުވަހުގެ ޓުއާއެއްގައި ރާއްޖެ އަންނަނީ

ބައިސްކަލް ސްޓަންޓް ހެދުމުގައި ދުނިޔޭގެ ޗެމްޕިއަން  އަދި ގިނިސް ވޯލްޑް ރެކޯޑްތަކެއް ހަދާފައިވާ އޮސްޓްރިއާގެ ޓޯމް އޮލާގެ ހުނަރުތައް ދައްކާލުމަށް 6 ދުވަހުގެ ޓުއާއެއްގައި މިއަދު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ޓުއާއަކީ ރެޑްބުލް އިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ.

މި ޓުއާގައި މާލެއާއި އައްޑުއާއި ފުވައްމުލައް އަދި ވިލިނގިލީގައާއި ހުޅުމާލޭގައި އޯލާގެ ހުނަރު ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ރެޑް ބުލް އިން ބުނެ އެވެ. އެގޮތުން މާލޭގައި މި އިވެންޓް އޮންނާނީ މިއަދު ހަވީރު 4:30 ގައި ސޯޝަލް ސެންޓަރުގައި ކަމަށާއި އައްޑޫގެ ތިން ރަށެއްގައި މި އިވެންޓް ބާއްވާއިރު އައްޑޫ ހިތަދޫގައި މާދަމާ ހަވީރު 4:30ގައި އައްޑޫ ފޭދޫގައި 22 ވަނަ ދުވަހު މެންދުރު 2:00 ގައި އަދި އައްޑު ފޭދޫގައި ހަމަ އެދުވަހު 4:30ގައި މި އިވެންޓް ކުރިއަށްދާނެ ކަމަށްވެސް ރެޑްބުލް އިން ބުނެއެވެ.

ރެޑްބުލް އިން އިތުރަށް ބުނީ ފުވައްމުލަކުގައި މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ވަނަ ދުވަހު 4:30 ގައި ކަމަށާއި ވިލިނގިއްޔާއި ހުޅުމާލޭގައި 25 ވަނަ ދުވަހު މި އިވެންޓް ބާއްވާއިރު 26 ވަނަ ދުވަހުގެ ރޭ ރާޅު ގަނޑު ސަރަހައްދުގައި ވެސް މި އިވެންޓް ކުރިއަށްދާނެ ކަމަށް ރެޑްބުލް އިން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *