މީހުންގެ އަބުރާއި ބެހުމުގެ ކުރިން ވިސްނާލުމަށް ހައުސިންގ މިނިސްޓަރު ޑރ މުހހައްމަދު މުއިޒު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދީނާއި މެދު އިހުލާސްތެރިކަމެއް ނެތް ބައެއްގެ ބަހަށް ހެއްލި އަބުރާއި ބެހުންފަދަ ދީނުގައި މަނާކަންތަކުގެ ތެރެއަށް ވަނުމުގެ ކުރިން ވިސްނާލުން މުހިންމު ކަމަށެވެ. ޑރ މުއިޒުގެ މި ބިހަކީ ކޮންބަޔަކަށް އަމާޒު ކުރެއްވި އެއްޗެއް ކަމެއް ނޭނގެ އެވެ.
Dheenaa medhu ikhlaastheri kamehnei bayegge bahah helli,aburaa behun fadha dheenugai manaa kankamuge thereyah vanumuge kurin visnaalamaatho!
— Dr Mohamed Muizzu (@MMuizzu) August 4, 2016
މިނިސްޓަރު މިހެންވިދާޅުވި އިރު މިހާރު މަޖިލީހުގެ ކޮމިޓީގައި މަސައްކަތް ކުރިޔަށްދާ އަބުރުގެ ބިލާއި ބެހޭގޮތުން ސުވާލު ކުރުމަށް ރޭ ރާއްޖެ ޓީވީ ހާޒިރު ކުރުމުން ކުރެވުނު ސުވާލުތަކުގެ ތެރޭގައި ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާނު ވަނީ ރާއްޖެ ޓީވީއަށް ނިސްބަތް ކުރައްވާ މީހުންގެ އަބުރު ކަތިލާ ބައެއްގެ ގޮތުގައި ސިފަކޮށްފައި އެވެ. މިކަމަށް ރައްދު ދެއްވާ ރާއްޖެ ޓީވީ ސީއޯއޯ ހުސައިން ފިޔާޒު ވިދާޅުވީ ރާއްޖެޓީވީން މީހެއްގެ އަބުރު ކަތިލާފައި ނޯންނާނެ ކަމަށާއި ބިލު ފާސްކުރުމުގެ ކުރިން ސަރުކާރަށް ނިސްބަތްވެ ވަޑައިގެންނަވާ މެންބަރުންގެ ވިސްނުން ހުރުމުން ބިލު ހުށަހަޅައިގެން އުޅޭ މަގުސަދު އެނގޭ ކަމަށެވެ.
މުއިޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އަބުރު ބެހުމާއި ގުޅޭގޮތުން ދީނުގައި އޮތް ގޮތް އޮޅުންފިލުވައިދިނީތީ ޝުކުރު އަދާކުރައްވާފައި އެވެ.