އާމްދަނީއާއި ހަރަދު ހުރި ގޮތް ބެލުމަށް ކުރާ ސާވޭ މާދަމާ އަލުން ފަށަން ވަނީ ނިންމާފައި – ދުވަސް ފައިލް ފޮޓޯ
އާމްދަނީއާއި ހަރަދު ހުރި ގޮތް ބެލުމަށް ކުރާ ސާވޭ މާދަމާ އަލުން ފަށަން ވަނީ ނިންމާފައި – ދުވަސް ފައިލް ފޮޓޯ

އާމްދަނީއާއި ހަރަދު ހުރި ގޮތް ބެލުމަށް ކުރާ ސާވޭ އަލުން ފަށަނީ

މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ، ގޭބިސީއާއި އާމްދަނީއާއި ހަރަދުކުރުން ހުރި ގޮތުގެ ސާވޭ ރޯދަމަހަށް މެދު ކަނޑާލުމަށް ފަހު، މާދަމާ އަލުން ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ސާވޭގެ ތިން ބުރު މިހާރު ވަނީ ނިމިފައި އެވެ.

ނޭޝަނަލް ބިއުރޯ އޮސް ސްޓެޓިސްޓިކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލުން ފަށާއިރު ސާވޭގެ ހަތަރު ވަނަ ބުރު ކުރިޔަށް ގެންދާނީ މާލޭގެ އިތުރުން ހދ، އއ އަދި ތ އަތޮޅުގައި ކަމަށެވެ. އެގޮތުން މާލޭގެ އަށް ސަރަހައްދަކާއި އެ ތިން އަތޮޅުގެ 30 ރަށެއްގައި ސާވޭ ކުރިޔަށް ގެންދާނެ ކަމަށް އެ ބިއުރޯއިން ބުނެ އެވެ.

މި ސާވޭގެ މައިގަނޑު މަގްސަދަކީ ގޭބިސީތަކުގެ އެވަރޭޖް ހަރަދާއި، އެކި ކަންކަމަށްހާރަދު ކުރާ މިންވަރު ދެނެގަތުމެވެ. އަދި ބޮލަކަށް ޖެހޭ ހަރަދާއި އާމްދަނީއަށް ބަލައި، ފަގީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އިންޕްލޭޝަން ރޭޓު އިސްލާހު ކުރުމާއި، ގޭބިސީގެ އެވަރޭޖު އާމްދަނީއާއި އާމްދަނީ ބެހިފައިވާ ގޮތާއި ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން ކަމަށް ބުނެ އެވެ..

މި ސާވޭ ކުރުމުގައި ބައިވެރިވަނީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ތަމްރީނު ކޮށްފައިވާ މީހުންނެވެ.

އާމްދަނީއާއި ހަރަދުކުރުންތަކުގެ ސާވޭއަކީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރާއްޖޭގައި ކުރެވޭ ސާވޭއެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *