ޖެންޑާ މިނިސްޓްރީން އުފެއްދި ސްޓޭކް ހޯލްޑާސް ވޯކިންގް
 ގްރޫޕުގެ ބައްދަލުވުމެއް – ފޮޓޯ: ޖެންޑާ މިނިސްޓްރީ
ޖެންޑާ މިނިސްޓްރީން އުފެއްދި ސްޓޭކް ހޯލްޑާސް ވޯކިންގް ގްރޫޕުގެ ބައްދަލުވުމެއް – ފޮޓޯ: ޖެންޑާ މިނިސްޓްރީ

ޖެންޑާ މިނިސްޓްރީން ސްޓޭކް ހޯލްޑާސް ވޯކިންގް ގްރޫޕެއް އުފައްދައިފި

ހާއްސަ ރައްކާތެރިކަމާއި، ހިމާޔަތް ބޭނުންވާ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސްޓޭކް ހޯލްޑާސް ވޯކިންގް ގްރޫޕެއް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން އުފައްދައިފި އެވެ.

މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ އިސްނެންގެވުމުގެ މަތިން އުފެއްދި މި ގްރޫޕުގައި ހޯމް މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ޔުނިސެފު ހިމެނެ އެވެ..

ޖެންޑާ މިނިސްޓްރީން ބުނީ މި ވޯކިންގް ގްރޫޕު އެކުލަވާލެއްވުމުގެ މައިގަނޑު މަގްސަދަކީ، ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނާއި ގުޅުންހުރި މަސައްކަތްތަކުގައި ބައިވެރިވާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުން ކަމަށެވެ. އަދި މީގެ ސަބަބުން މިފަދަ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދެވޭނެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށެވެ..

ސްޓޭކް ހޯލްޑާސް ވޯކިންގް ގްރޫޕްގެ އިތުރުން، މިނިސްޓަރު ޒެނީޝާ ވަނީ، މިނިސްޓްރީގެ އިސް މަސްއޫލުވެރިން ހިމެނޭ ގޮތަށް، ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލާފައި އެވެ. މި ޓާސްކްފޯސްއަކީ، މިނިސްޓްރީގެ ބެލުމުގެ ދަށުން، މަރުކަޒުގައި ދިރިއުޅޭ ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީ ތެރޭން ކުރަންޖެހޭ ކަންކަން ކުރުމަށް އެލަވާލި ޓާސްކްފޯސް އެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *