"ސެމްސަންގް ގެލެކްސީ ނޯޓް 7" ތައާރަފު ކުރުމަށް މިރޭ ދިރާގުން ބޭއްވި ހަފްލާގެ ތެރެއިން – ފޮޓޯ: ދިރާގު
"ސެމްސަންގް ގެލެކްސީ ނޯޓް 7" ތައާރަފު ކުރުމަށް މިރޭ ދިރާގުން ބޭއްވި ހަފްލާގެ ތެރެއިން – ފޮޓޯ: ދިރާގު

ދިރާގުން ރާއްޖެއަށް ”ސެމްސަންގް ގެލެކްސީ ނޯޓް 7“ ތައާރަފުކޮށްފި

”ސެމްސަންގް ގެލެކްސީ ނޯޓް 7“ ދިރާގުން މިރޭ ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ކަމުގައިވާ އައިރިސް ސްކޭނަރެއް ހިމަނާފައިވާ ”ނޯޓް 7“ މިރޭ ރާއްޖެއަށް ތައާރަފު ކުރުމާއި އެކު މިރެއިން ފެށިގެން ޕްރީއޯޑަރު ކުރުމަށް ހުޅުވާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ޕްރީއޯޑަރު ކޮށްގެން މި ފޯނު ގަނެވޭނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަނި ކަމަށެވެ. އެގޮތުން 12 މަސް ވަންދެން ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރެއް ބޭނުންކޮށްފައިވާ ދިރާގު ކަސްޓަމަރަކަށް ވާންޖެހޭނެ ކަމަށެވެ.

މި ފޯނުގެ ޖުމްލަ އަގަކީ 12999 ރުފިޔާ އެވެ. ދިރާގުން ބުނީ މަހުން މަހަށް ފައިސާ ދައްކާގޮތަށް ކޮންމެ މަހަކު 849 ރުފިޔާ ދައްކާގޮތަށް އެ ފޯނަށް ޕްރީއޯޑާ ކުރެވޭނެ ކަމަށާއި އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް ފޯނު ލިބޭނީ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 2999 ދެއްކުމުން ކަމަށެވެ.

ދިރާގުން ދޫކުރާ ”ނޯޓް 7“ ފޯނާ އެކު އެފޯނަށް ހާއްސަ ވީއާރު ގިއާއެއް ލިބޭނެ އެވެ.

ރާއްޖެއަކީ ”ނޯޓު 7“ ތައާރަފު ކުރި ދެވަނަ ގައުމެވެ. ފުރަތަމަ މި ފޯނު ތައާރަފުކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މީގެ ތިން ދުވަސް ކުރިންނެވެ.

ނޯޓު 7 ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ލިބިފައިވެއެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު، އެއީ އިނގިލި ނިޝާނަށްވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *