މާލޭގެ 3 މަގެއްގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުން މަގުތަކުގައި ބާރު ބޮޑުވެއްޖެ.

މާލޭގެ ތިން މަގެއްގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލާއި ގުޅިގެން މަޖީދީ މަގުގައި ޓްރެފިކް ބާރުބޮޑުވެ، މަގު ތޮށްޖެހިއްޖެއެވެ.

ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ މަގުތަކަކީ އަލިކިލެގެފާނު މަގާއި ހުސްނުހީނާ މަގު އަދި ފާށަނާކިލެގެފާނު މަގެވެ. އަދި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްޓަކައި ވަގުތީ ބަދަލުތަކެއް ގެނެސް ދަތުރުފަތުރު ކުރުމަށް ފަސޭހަ ގޮތްތަކެއް ދެނެގަތުމުގެ މަސައްކަތް މިއަދުގެ 11:00 ން 14:00 އާދެމެދު އެ 3 މަގުގައި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އެ 3 މަގަކީވެސް އެއްކޮޅަށް ދުއްވާ 3 މަގު ކަމަށްވާ އިރު، ހުސްނުހީނާ މަގަކީ މިހާރު އުތުރުން ދެކުނަށް ދުއްވާ މަގެކެވެ. އަލި ކިލެގެފާނު މަގަކީ ދެނުނުން އުތުރަށް ދުއްވާ މަގެކެވެ. ފާށަނާކިލެގެފާނު މަގަކީ މިހާރު އުތުރުން ދެކުނަށް ދުއްވާ މަގެކެވެ.

އަލިކިލެގެފާނު މަގު ލިލީ މަގު ގުޅުނު ހިސާބުން ފެށިގެން އުތުރުން ދެކުނަށް ދުއްވާ ގޮތަށެވެ. އަދި ހުސްނުހީނާ މަގުން ދެކުނުން އުތުރަށް ދުއްވޭ އިރު، ފާށަނާކިލެގެފާނު މަގުން ދުއްވާނީ ދެކުން އުތުރަށެވެ. މިބަދަލާއި އެއްގޮތަށް ދުއްވާއިރު ފުލުހުން އެ މަގުތައް މޮނިޓަރ ކޮށް ބަލަހައްޓަމުން ގެންދާނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ޓްރެފިކް ފްލޯއަށް މި ގެންނަ ބަދަލަކީ އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލު އަދި މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ގެ ކިޔެވުމުގެ ދަންފަޅި ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ޗާންދަނީ މަގުން ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ ކުރުމާއި ގުޅިގެން އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ލުއިކަމެއް ގެނައުމަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި މަގުތަކުގެ ތަރުތީބު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް އިތުރުކޮށް އެއްގަމު އުޅަނދުގެ ދަތުރު ތަކަށް ފަސޭހަވާނެ ގޮތަކަށް ގެނެވޭ ބަދަލެކެވެ.

މިބަދަލުތަކަކީ ދާއިމީ ބަދަލުތަކެއްގެ ގޮތުގައި ނިންމަން ހަމަޖައްސާފައިވަނީ މިގޮތަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުން ލިބިގެންދާ ފަސޭހަ ތަކާއި ދަތިތައް ބަލައި ދިރާސާ ކުރުމަށްފަހު ދަތުރުފަތުރުގެ ނިޒާމަށް އެންމެ ލުއިފަސޭހަ ގޮތެއް ބަލާފައެވެ.

މިބަދަލާއި ގުޅިގެން ރައްޔިތުން ޚާއްޞަ ސަމާލުކަމެއް ދެއްވައި މިކަމުގައި ފުލުހުންނަށް އެހީތެރިކަމާ އެއްބާރުލެއްވުން ދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *