ހ. ރީނދޫކޮކާގޭ ގައި ހިންގަމުން ދިޔަ ބިއުޓީ ޕާލާއެއް ބަލާ ފާސްކޮށް ހަށިވިއްކަމުން ދިޔަ ހަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެތަނަށް ވަދެފައިވަނީ ރޭ 10:30 އެހާއިރު އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެގޭގައި ހިންގަމުން އަންނަ ”ބިއުޓީ ހެލްތް ބޮޑީ ލައިފް“ ޕާލަރުން ބިދޭސީ ހަތަރު އަންހެނަކާއި ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އެތަނަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެތަން ބަލާ ފާސްކުރި އިރު ޖިންސީ ގުޅުން ހިންގުމަށް ބޭނުން ކުރާ އާލާތްތަކާއި ބޭސްފަދަ އެއްޗެހި ފެނިފައިވެ އެވެ. އެ އެއްޗިއްސާއި އެކު ފުލުހުން ވަނީ ހައްޔަރު ކުރި ބިދޭސީންގެ ފޮށިތަންމަތިތައްވެސް ގެންގޮސްފައި އެވެ.
އެތަނީ މިދިޔަ އޭޕްރިލް މަހުވެސް ހަށިވިއްކާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަދެ ބަޔަކު ހައްޔަރު ކުރި ތަނެކެވެ. އެފަހަރު ހައްޔަރު ކުރި ތައިލޭންޑުގެ ބަޔަކު ވަނީ ޑީޕޯޓު ކޮށްލާފައި އެވެ.
2 Responses
ތިޔަކަހަލަ ކިތައްތަން. ސައުވީސް ގަޑިއިރުތެރޭ ގަޑިއަކު އެއްފަހަރު ތަނަކަށް ވަނަސް ތިޔަފަދަ ތަންތަނަށް ވަދެ ނުނިމޭނެ. ސިޔާސީ މީހުންނަށް ފާރަލުން ހުއްޓާފަ މުޖުތަމައު އިސްލާހުކުރަން ފުލުހުންވެސް އުޅެންފަށާބަލަ. މާގިނަ މީހުންގެ ރުހުން ލިބޭނެ.
Hashivikkaa meehaa deport kureema nimunee tha? Business hingaa meehaa kobaa??? Where is justice