ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު --  ދުވަސްފޮޓޯ: އަޒީމް
ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު -- ދުވަސްފޮޓޯ: އަޒީމް

ލާމު ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލާމު ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

 ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:15 ހާއިރު ލ މާންދޫ ގަ އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ގަމުން މާންދުއަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.

”ސައިކަލުގައި ތިބީ ދެ ޒުވާނުން، އެއީ މާންދޫ ބެންޑް ކިޔާ ސަރަހައްދެއް، ބާރު ސްޕީޑްގައި ގޮސް ކޮންޓްރޯލް ނުވެ މަގުގެ އެއްފަރާތުގައި ހުރި ގާތެއްގައި ޖެހި ސައިކަލާއި އެކު ދެމީހުން ބުރައިގެން ދިޔައީ“ ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު -- ދުވަސްފޮޓޯ: އަޒީމް
ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު — ދުވަސްފޮޓޯ: އަޒީމް

ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ މި އެކްސިޑެންޓްގައި ދެ ޒުވާނުންނަށް މާ ބޮޑު އަނިޔާއެއް ވިކަން ބޭރުފުށުން ފެންނަން ނެތް ކަމަށާއި ނަމަވެސް އެކެއްގެ ގައިން އެކި ތަންތަން މެށި ލޭ އަންނައިރު އަނެކަކަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން : ދުވަސްފޮޓޯ: އަޒީމް
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ ޒުވާނުން : ދުވަސްފޮޓޯ: އަޒީމް

ލާމު ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ލާމު ކައްދުއާއި ފޮނަދުއާއި ދެމެދުގައި އޮންނަ ކޯޒްވޭ މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައި ވެ އެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ސައިކަލުގައިގޮތް ލައިޓެއްގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. އެ ދުވަހުގެ އެކްސިޑެންޓްގައި ސައިކަލު ހޮޅިދަނޑީގައި ޖެހި ދެމީހުންވެސް ކޯޒްވޭ ބޭރުން މޫދަށް ވެއްޓުނެވެ. އެ ދެމީހުން މޫދުން ނެގުމަށްފަހު ހޮސްޕިޓަލަށް ފޮނުވީ އެ މަންޒަރު ފެނުނު ބައެއް ފަރާތްތަކުންނެވެ.

ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު -- ދުވަސްފޮޓޯ: އަޒީމް
ލާމު ލިންކްރޯޑްގައި މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދު — ދުވަސްފޮޓޯ: އަޒީމް
ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *