ޖޭޕީގެ ލީޑަރު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ – ފޮޓޯ: ޖޭޕީ
ޖޭޕީގެ ލީޑަރު މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ – ފޮޓޯ: ޖޭޕީ

އަބުރުގެ ބިލަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް: ގާސިމް

މިހާރު މަޖިލީހުގައި އޮތް އަބުރު ރައްކާތެރި ކުރުމުގެ ބިލަކީ ކޮރަޕްޝަނަށް ހުޅުވިގެންދާ ދޮރެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބިލާ ދެކޮޅަށް މަސައްކަތް ކުރާ ”27ގެ ދިފާއުގައި“ ހަރަކާތުގެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގާސިމް ވިދާޅުވީ އެބިލަށް ތާއީދު ނުކުރައްވާ ކަމަށާއި ބިލާއި ދެކޮޅަށް ވޯޓުދެއްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ބިލް މިހާރު އޮތް ގޮތުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އެޅޭކަމަށެވެ.

އޭނާ ވިދާޅުވީ އެ ބިލަކީ ސީދާ ގާނޫނު އަސާސީއާއި ތައާރަޒުވާ ބިލެއް ކަމަށާއި ބިލަށް އެކަށީގެންވާ ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ނުގެނެސްފި ނަމަ ބިލު ފާސްކުރަން އެޕާޓީން ވޯޓު ނުދޭނެ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު މަޖިލީހަށް ބަލައި ގަނެ ކޮމިޓީއަށް ފޮނުވީވެސް ގިނަ ބަޔަކު ދެކޮޅު ހަދަމުންދަނިކޮށެވެ. އެގޮތުން ނޫސްވެރިންނާއި ފަންނުވެރިންނާއި ބޭރުގެ ޖަމާއަތްތަކާއި ގައުމުތަކުން ވަނީ ބިލް އަނބުރާ ގެންދިއުމަށް ސަރކާރަށް ގޮވާލާފައި އެވެ.

މިހާރު ކޮމޓީ މަރުހަލާގައި މަސައްކަތް ކުރިޔަށް ގެންދާއިރު ބިލުގެ މަސައްކަތް މިމަހުގެ 25 ށް ނިންމުމަށް ކޮމިޓީން ވަނީ ކަނޑައަޅާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *