ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް
ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު -- ފޮޓޯ: ރައީސް އޮފީސް

މީރާގެ ނަން ކިލަނބު ކުރަން ބަޔަކު މަސައްކަތް ކުރޭ: ޔަޒީދު

ޓެކްސް ނުދައްކާ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަން ކިލަނބު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ރޭ ބޭއްވި މީރާގެ ހަވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ ރުހުމުގައި ޓެކްސް ނުދެއްކުމުން ގާނޫނީ ގޮތުން މީރާ އަށް ލިބިދޭ ބާރު ބޭނުންކޮށްގެން ޓެކްސް ފައިސާ ހޯދަން އުޅުމުން، އެ މުއައްސަސާ އަށް އޮންނަ އިތުބާރު ގެއްލުވާލަން އެ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ. ޔަޒީދު ވިދުވީ އެގޮތަށް މަސައްކަތް ކުރިޔަސް ޒިންމާ އަދާކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޓެކްސް ނުދައްކާ ފަރާތްތަކަށް މަޖުބޫރުކޮށްގެން ކޯޓު މެދުވެރިކޮށް ފައިސާ ހޯދަން ޖެހެނީ ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި އިންސާފު ގާއިމް ކުރުމަށް ކަމަށެވެ.

”ރުހުމުގައި ފައިސާ ނުދައްކާ ފަރާތްތަކަށް އެންފޯސްކޮށްގެން ފައިސާ ހޯދުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި އިންސާފާއި ހަމަހަމަކަން ކިތަންމެ ރަނގަޅު މަސައްކަތް ތަކެއް ކަމަށްވީ ނަމަވެސް މިކަމާމެދު ރުޅި އަންނަ ފަރާތްތައް ވަރަށް ގިނަ. މިފަދަ ފަރާތްތަކުން ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި މީރާ އިން އުފައްދާފައިވާ އިތުބާރު ނަގާލައި މީރާގެ ނަން ކިލަނބު ކޮށްލަން ކެނޑިނޭޅި މަސައްކަތް ކުރޭ،“ ޔަޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޔަކު މީރާގެ އަގު ވައްޓާލަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ މުއްސަސާތަކުން މީރާއަށް އެއްބާރުލުން ދޭ ކަމަށެވެ. އަދި އަބަދު ވެސް މީރާ އޮންނާނީ، ތެދުވެރިކަމާއި ސާބިތުކަމާ އެކު ގާނޫނީ ޒިންމާ އަދާ ކުރުމުގައި ކަމަށް ޔަޒީދު ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *