ޒުހޫރު ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާ، މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ – ފޮޓޯ: ރައިސް އޮފީސް
ޒުހޫރު ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާ، މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ – ފޮޓޯ: ރައިސް އޮފީސް

އިކޮނޮމިކް ކައުންސިލްގެ ޗެއާއަކަށް ޒުހޫރު, ސޯޝަލް ކައުންސިލްގެ ޗެއާއަށް ނައިބް ރައީސް

އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާމަނަކަށް ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރު އަހުމަދު ޒުހޫރު ހަމަޖައްސަވައި، ސޯޝަލް ކައުންސިލްގެ ޗެއާމަނަކަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގެ ޗެއާމަނަކާސް ޒުހޫރު ހަމަޖައްސަވައި އެ ކައުންސިލްގެ ކޯ ޗެއާއަކަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ކައުންސިލަކީ އިގްތިސާދާއި ވިޔަފާރި އަދި ޒުވާނުންނާ ގުޅޭ ކެބިނެޓްގެ އެކި ނިންމުންތައް ނިންމާ ކޮމިޓީއެކެވެ.

މީގެ ކުރިން އެ ކޮމިޓީގެ ޗެއާމަނަކަށް ހުންނެވީ ކުޜީގެ ނައިބް ރައީސ އަހުމަދު އަދީބެވެ. އަދީބު މަގާމުން ވަކި ކުރުމުން އެ ކައުންސިލްގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުންނެވެ.

މުއާޒު ވިދާޅުވީ ސޯޝަލް ކައުންސިލްގެ ހުރިހާ މަސައްކަތްތައް ބަލަހައްޓަވާނީ ނައިބު ރައީސް ކަމަށެވެ. އެ ކައުންސިލަކީ ސިއްހީ ދާއިރާގެ ކަންކަމާއި އިޖުތިމާއީ ދާއިރާގެ ނިންމުންތައް ނިންމާ ކޮމިޓީއެވެ.

ޒުހޫރު ހޯމް މިނިސްޓަރުކަމުން ވަކި ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މިނިސްޓަރަކަށް ހަމަޖެއްސެވީ އިއްޔެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *