އެމްއެންޑީއެފް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި މިހާރު ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި މިހާރު ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފި

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ހިންގާ މެޑިކަލް ކޭމްޕެއް އަރިއަތޮޅު އުތުރު ބުރިއާއި އަރިއަތޮޅު ދެކުނު ބުރީގެ ރަށްތަކުގައި ފަށައިފި އެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި އިއްޔެއިން ފެށިގެން މިމަހު ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މެޑިކަލް ކޭމްޕު އއ. އަތޮޅު ތޮއްޑޫ، ރަސްދޫ، މަތިވެރި، އުކުޅަސް، ހިމަންދޫ، ފެރިދޫ، މާޅޮސް އަދި  ބޮޑުފޮޅަދޫގައި ކުރިއަށްގެންދާނެއެވެ. އދ.އަތޮޅުގައި މި ޕްރޮގުރާމު ކުރިއަށްގެންދާނީ މަހިބަދޫ، ހަންޏާމީދޫ، އަދި މާމިގިލީގައެވެ.

އެމްއެންޑީއެފް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި މިހާރު ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަރިއަތޮޅުގައި މިހާރު ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގެ ތެރެއިން — ފޮޓޯ: އެމްއެންޑީއެފް

އަރިއަތޮޅުގެ ރަށްތަކުގައި ހިންގާ މި ކޭމްޕްގައި މިއަދު ހެނދުނު ވަނީ އއ.ތޮއްޑުގައި ކޭމްޕް ކުރިއަށްގެއްގޮސްފައެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މިކޭމްޕްގައި ބަލި މީހުން ބަލަމުންދަނީ އެކިދާއިރާތަކަށް ޚާއްޞަވެފައިވާ އިންޑިއާގެ އަސްކަރިއްޔާގެ ޑޮކްޓަރުންގެ ޓީމަކުން ކަމަށާއި މިގޮތުން އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް މި ކޭމްޕްގައި ބަލިމީހުން ބައްލަވާނެ ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިކޭމްޕަކީ ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާގެ ޑޮކްޓަރުންގެ ޓީމެއް ގުޅިގެން ހިންގާ މެޑިކަލް ކޭމްޕެކެވެ. އަދި މި މެޑިކަލް ކޭމްޕް ކުރިއަށްގެންދާ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *