ކަންފަތް ކާލި މީހާ --
ކަންފަތް ކާލި މީހާ --

މީހެއްގެ ކަންފަތް ކާލި މީހާ މައާފަށް އެދިއްޖެ

މަސްޖިދުލް ތަޤުވާގައި ނަމާދަށް ހުރި މީހެއްގެ ކަންފަތުގައި ދަތް އަޅައި ކަންފަތުގެ ބައެއް ވަކިކޮށްލި މީހާ ކުށަށް އިއުތިރާފުވެ މައާފަށް އެދިއްޖެ އެވެ.

ސ. ހިތަދޫ ސްޓޯބަރީގެ އާސިމް އިބްރާހީމް،24، ދަތް އަޅައި ވަކިކޮށްލީ ނ. ވެލިދޫ އަބްދުﷲ ފާޒިރުގެ ކަންފަތެވެ. އެ މައްސަލައާއި ގުޅިގެން އާސިމްގެ މައްޗަށް ވަނީ މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ އުފުލާފައި އެވެ.

މިއަދު އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާފައިވާއިރު، މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އާސިމް ވަނީ ދައުވާ އަށް އިއުތިރާފު ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފައެވެ. ނަމަވެސް މިއަދު ބޭއްވި އެ މައްސަލައިގެ ދެވަނަ އަޑުއެހުމުގައި އޭނާ ބުނީ ވަކީލަކު ބޭނުންނުވާ ކަމަށާއި ކުރެވުނު ކުށަށް އިއުތިރާފުވެ މައާފަށް އެދޭ ކަމަށެވެ.

ފާއިޒުގެ ކަންފަތުގައި އޭނާ ދަތް އެޅީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު އެވެ. ފާއިޒުގެ ކަންފަތުގައި އޭނާ ދަތް އެޅީ ފޯނު ދިނުމަށް ބުނުމުން ފާއިޒު ފޯނު ނުދިނުމުންނެވެ.

އާސިމަކީ ވައްކަމާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *