ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ޖެންޑާ މިނިސްޓްރީން އިތުރުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހާއްސަ ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކުރިން ކުރިން ކަނޑައަޅާފައިވާ މުއްދަތުގެ އެންމެ ފަހު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމުމުން ކަމަށެވެ.
ކުރިން ޑިސްއެބިލިޓީ އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި 31 އެވެ.
ޑިސްއެބިލިޓީ އެވޯޑަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ޖެންޑާ މިނިސްޓްރީއާއި ޑިސްއެބިލިޓީ ކައުންސިލް ގުޅިގެންދޭ އެވޯޑެކެވެ. މިއަހަރު މި އެވޯޑު ނުވަ ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެ އެވެ.