ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން  --
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން --

ކައުންސިލް ބައްދަލުވުން ނުބޭއްވޭނެ ކަމަށް ނިންމެވުމަށް ފަހު މައުމޫން ފުރާވަޑައިގެންނަވަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ރާއްޖެއިން ބޭރަށް ފުރައި ވަޑައިގަންނަވާތީ ދެން ކައުންސިލް ބައްދަލުވުންތައް ބޭއްވޭނީ އެމަނިކުފާނު އެނބުރި ވަޑައިގަތުމުން ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަމާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނަވާނެ ކަމަށާއި ވަޑައިގެންނެވިޔަސް ޕާޓީ ހިނގާނީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރަށުގައި ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ..

އިތުރަށް ބުނެފައިވަނީ ދެން ކައުންސިލް ބައްދަލުވުމެއް އޮންނާނީ ރައީސް މައުމޫން އެނބުރި ރާއްޖެ ވަޑައިގެން އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ހިނގި ބަހުގެ ހަމަލާތަކަކަށް ފަހު މައުމޫންގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބޭއްވި އެވެ. ނަމަވެސް ހޔާލު ތަފާތުވުން ބޮޑުވެ، އެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފަ އެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *