ރޭ ދަންވަރުގެ ވަގުތެއްގައި ގޭންގު ގްރޫޕެއްގެ ބަޔަކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މަރުގެ އިންޒާރު ދިނުމުން އޭނާއަށް ފުލުހުން ސެކިއުރިޓީ ދޭން ފަށައިފި އެވެ.
ފުލުހުން އުމަރަށް ސެކިއުރިޓީން ދޭން ފެށީ އުމަރު އެކަމަށް އެދުމުންނެވެ. ނަމަވެސް އުމަރު ވިދާޅުވީ ފުލުހުން ސެކިއުރިޓީ ހަމަޖައްސައި ދިނީ އެކަމަށް އެދޭތާ މަހެއްހާ ދުވަސް ވީފަހުން ކަމަށެވެ.
އުމަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދިރިއުޅުއްވާ ގޭ ކަރިޔއަށް ރޭ 01:00 ހާއިރު ތިން މީހުންގެ ގްރޫޕަކުން ގޮސް ތިރީގައި ތިބި ސެކިއުރިޓީންނަށް ބިރު ދެއްކުމަށް ފަހު އުމަރު މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ އެވަގުތު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އުމަރު ވަނީ ކުރިޔަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.