ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނާއި މިނިސްޓަރު ޒެނީޝާ ބައްދަލު ކުރައްވަނީ – ފޮޓޯ: ޖެންޑާ މިނިސްޓްރީ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނާއި މިނިސްޓަރު ޒެނީޝާ ބައްދަލު ކުރައްވަނީ – ފޮޓޯ: ޖެންޑާ މިނިސްޓްރީ

ސަމާލުވޭ! ކުޑަކުދިންގެ ހިޔާގެ ނަމުގައި ފޯނު މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދަނީ

މިނިވަން ދުވަހުގެ މުނާސަބަތުގައި ހިންގާ ހާއްސަ ހަރަކާތެއްގެ ގޮތުގައި ސުވާލު މުބާރާތެއްގައި ބައިވެރި ކުރުވައިގެން ކުޑަކުދިންގެ ހިޔާއަށް ފައިސާ ހަދިޔާ ކުރުމަށް ކަމަށް ބުނެ މީހުން އަތުން ފައިސާ ހޯދަމުންދާތީ ސަމާލުވުމަށް ޖެންޑާ މިނިސްޓްރީން އަންގައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެފަދަ ފޯނު ކޯލްތަށް އެކި ފަރާތްތަކަށް ކުރަމުންދާތީ އޭގެ ތެދު ދޮގު ބަލަން މިނިސްޓްރީއަށް ގުޅާ އެކަން ރިޕޯޓު ކުރަމުންދާ ކަމަށެވެ. ނަމަވެސް ފޯނު މެދުވެރިކޮށް ކުޑަކުދިންގެ ހިޔާއަށް ފައިސާ ހަދިޔާ ކުރުމުގެ އެއްވެސް އުސޫލެއް ހަމަޖެހިފައި ނުވާ ކަމަށާއި އެއީ އޮޅުވާލުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކުޑަކުދިންގެ ހިޔާއިންވެސް ފޯނު މެދުވެރިކޮށް ފައިސާގެ އެހީ ހޯދުމަށް އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަ ކުރެ އެވެ. އެހެން ކަމުން ކުޑަކުދިންގެ ހިޔާގެ ނަމުގައި ކުރާ އެފަދަ އެއްވެސް ފޯނު ކޯލަކުން އެދޭ ގޮތަށް ފައިސާ ނުފޮނުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

ދެ ނަމްބަރަކުން އެގޮތަށް މީހުންނަށް ގުޅާކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފައި އެވެ. އެގޮތުން އެމީހުން ގުޅައި އެފަރާތެއް އެވަނީ ފޯނު މެދުވެރިކޮށް ކުރިޔަށް ގެންދާ ސުވާލު މުބާރާތަކަށް ހޮވިފައި ކަމަށް ބުނެ އެވެ.

އެ ސުވާލު މުބާރާތުގައި ބައިވެރިވުމަށް އެމީހުން ބުނާ އަދަދަކަށް ފައިސާ ފޮނުވުމަށް އެދޭ ކަމަށް ވެއެވެ. އަދި އެ ފައިސާ އަކީ ބޭނުން ކުރެވޭ އެއްޗެއް ނޫންކަމަށާއި އެއީ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރެވޭނެ އެއްޗެއް ކަމަށް މީހުންނަށް ވިސްނައި ދެއެވެ.

މިގޮތަށް ފޯނު މެދުވެރިކޮށް ފައިސާ ހޯދަން ގުޅަން ފަށާފައި މިވަނީ ދުވަސް ކޮޅެއްގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން ވަނީ ބޮޑެތި ކުންފުނިތަކުގެ ނަމުގައި އެ ފަރާތްތަކުން ހިންގާ ޕްރޮމޯޝަންތަކުން ވަނަ ލިބިފައިވާ ކަމަށް ބުނެ ރީލޯޑާއި ރާސްޓަސް ކުރުވާފައި އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *