ކުރީގެ ހޯމް މިނިސްޓަރު، އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާ އުމަރު ނަސީރުގެ އޮފީސް ހުންނަ ހ ސަކީނާމަންޒިލް ކައިރިއަށް ބަޔަކު ވަޅި ހިފައިގެން ގޮސް އުމަރު ނަސީރަށް މަރުގެ އިންޒާރު ދީފި އެވެ.
ރޭ 1:00 ހާއިރު ސަން އޮންލައިނަށް މިކަމާބެހޭގޮތުން މައުލޫމާތު ދެމުން އުމަރު ނަސީރު ބުނެފައިވަނީ އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ ވަޅި ހިފައިގެންދިޔަ، ގޭންގަކަށް ނިސްބަތްވާ ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ.
”ސަކީނާމަންޒިލްގެ ބޭރުގައި އަޅުގަނޑުގެ ސެކިއުރިޓީން ތިއްބައި ވަޅި ހިފައިގެން އެ ތިން މީހުން އެތަނަށް ގޮސް ހަޑިހުތުރުބަހުން ވާހަކަދައްކަމުން ބުނީ ތިޔައީ އުމަރު ނަސީރުގެ ސެކިއުރިޓީންދޯއޭ. އޭނައަކީ އަހަރުމެންގެ ފައިގައި ޓެގް އަޅުވަން އުޅުނު މީހެކޭ. އޭނަ މަރާލާނަމޭ،“ ސަން އަށް މައުލޫމާތު ދެމުން އުމަރު ނަސީރު ވިދާޅުވެފައި ވެ އެވެ.
އުމަރު އިތުރަށް ވިދާޅުވެފައިވަނީ އެ ތިން މީހުން ވެސް މަރުގެ އިންޒާރުދިނީ މަސްތުގެ ހާލަތުގައި ތިބެގެން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.