ކޯރާޑިއަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި ކޯރާޑިއަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.

ރޭ ދިން މި ހަމަލާގައި ޒަހަމްވި ބިދޭސީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އައްޑޫގައި ހިންގާ ނޫހެއް ކަމަށްވާ ”އައްޑޫ ލައިވް“ ގައި ބުނެފައި ވެ އެވެ.

އެ ނޫހުގައިވާގޮތުން ކޯރާޑީ އިން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ބިދޭސީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް އޭނާގެ ބޮލަށާއި އަތަށް އަދި މޫނަށް ވެސް ޒަޚަމްތަކެއް ލިބިފައިވާކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

”ބިދޭސީ މީހާގެ ހާލު ސްޓޭބަލް. އެހާ ސީރިއަސް ޒަޚަމްތަކެއް ލިބިފައެއް ނެތް“ ހޮސްޕިޓަލްގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެ އެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އައްޑޫލައިވްގައި ބުނެފައިވަނީ  ބިދޭސީ މީހާއަށް ހަމަލާދިނީ މޮބައިލް ފޯން ފޭރެން ވެގެން ކަމަށެވެ.

”ސައީދިއްޔާ ސްކޫލް ކައިރީގައި ހުރި ގެއެއް ކައިރިން މިހަމަލާ ދިނީ. ބިދޭސީ މީހާ ގަދަ ދައްކައި ފޯނު ނުދޭން އުޅުމުން ފުރަތަމަ ބޮލުގައި ޖެހީ. އޭގެ ފަހުން އަތުގައި ވެސް ޖަހާފައި ފޯނު ފޭރިގެން އެމީހާކު ރައްކާވެއްޖެ.“ ބިދޭސީ މީހާއަށް ހަމަލާދިން މަންޒަރު ދުށް މީހަކު އައްޑޫލައިވަށް މައުލޫމާތުދިން މީހާ ބުނެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *