އަސިކުޑާ ވަރލްޑް އަށް ހިޖުރަ ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ފަށައިފި

އަސިކުޑާ ވަރލްޑް އަށް ހިޖުރަ ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ފަށައިފިއެވެ.

އަސިކުޑާ ވަރލްޑްއަކީ އިމްޕޯޓު އެކްސްޕޯޓުގެ ލިޔުންތައް ނިންމުމާއި މުދާ ދޫކުރުމުގެ މަސައްކަތަށް މިހާރު ބޭނުންކުރާ އަސިކުޑާ ޕްރޮގްރާމުގެ އެންމެ ފަހުގެ ވަރޝަންއެވެ.

އިމްޕޯޓު އެކްސްޕޯޓު މުދާ ކްލިއަރ ކުރުމަށް ބޭނުންކުރާ ނިޒާމަށް މިގެނެވޭ ބަދަލުގެ ސަބަބުން ލިޔުކިއުން ނިންމުމަށް ހޭދަވާ ވަގުތު ދަށްކުރެވި، މުދާ މިހާރަށް ވުރެ އަވަހަށް މުދާ ކްލިއަރ ކުރުމަށް މަގުފަހުވެގެންދާނެއެވެ. އަދި ވިޔަފާރިވެރިްނނާއި ބްރޯކަރުންނަށް އެ ފަރާތްތަކުގެ އޮފީހުގައި ނިވަތަ ގޭގައި ތިބެގެން މުދާ ކްލިއަރ ކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ހަމަމިއާއެކު މި ނިޒާމުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ސިންގަލް ވިންޑޯ ސިސްޓަމް ޤާއިމު ކުރުމަށް މަގުފަހިވެ، އިމްޕޯޓު އެކްސްޕޯޓާއިގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ހުރިހާ އިދާރާތައްވެސް އޮންލައިންކޮށް ގުޅާލުމަށް މަގުފަހުވެގެންދާނެއެވެ.

މި ނިޒާމު ތަޢާރަފް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ ކަސްޓަމްސްގެ އެތެރޭގެ ނިޒާމުތައް ބަދަލު ކުރުމާއި އިމްޕޯޓު އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ކަސްޓަމްސް ބްރޯކަރުންނަށް މަޢުލޫމާތު ދިނުމުގެ މަސައްކަތެވެ. އަދި ޓެސްޓު ކުރުމުގެ ގޮތުން އަންނަ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލޭ ސީޕޯޓުގައި މި ނިޒާމު ފުރަތަމަ ފަހަރަށް ތަޢާރަފް ކުރުމަށްވެސް ވަނީ ރޭވިފައެވެ.

އެއަށްފަހު ވައިގެމަގުންނާއި ޕޯސްޓުގެ މަގުން އަންނަ މުދާ ކްލިއަރ ކުރުމުގައި މި ނިޒާމު ބޭނުން ކުރެވޭނެއެވެ. އަދި އޮކްޓޯބަރ 1 ވަނަ ދުވަހުން ފެށިގެން ރީޖަނަލް ކަސްޓަމްސްތަކުގައި މި ނިޒާމު ބޭނުން ކުރާ އިރު، ބޮންޑެޑް ވެއަރ ހައުސްތަކުގައި ބޭޏުންކުރަން ފަށާނީ މި އަހަރުގެ ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އަސިކުޑާ ވަރލްޑް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތެރޭގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ ކަސްޓަމްސްގެ އަހަރީ ޙަފުލާގައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *