ކޯޒްވޭ މަތީގައި ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓުނު އެކަކު ނަގަނީ -- ދުވަސްފޮޓޯ: އައިޑީ
ކޯޒްވޭ މަތީގައި ހިނގި އެކްސިޑެންޓްގައި މޫދަށް ވެއްޓުނު އެކަކު ނަގަނީ -- ދުވަސްފޮޓޯ: އައިޑީ

ކައްދޫ ކޯޒްވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެމީހުންވެސް ނެގީ މޫދުން

ލ ފޮނަދުއާއި ކައްދުއާއި ދެމެދު އޮންނަ ކޯޒްވޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މި ދެމީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ލ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ އެ ދެމީހުން ދުއްވި ސައިކަލު ކޯޒްވޭ މަތީގައި އޮތްއިރު ދެމީހުން ފެނުނީ މޫދުން ކަމަށެވެ. އަދި މިހާރު އެ ދެމީހުން މޫދުން ނެގުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ ލ އިސްދުއަށް ނިސްބަތްވާ ދެމީހަކަށެވެ.

ކައްދޫ ކޯޒްވޭ މަތީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު -- ދުވަސްފޮޓޯ: ހުސެން މޫސާ
ކައްދޫ ކޯޒްވޭ މަތީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު — ދުވަސްފޮޓޯ: ހުސެން މޫސާ

”ކައްދޫ ޑިއުޓީ ނިންމާފައި ދިޔަ ބަޔަކަށް ފެނުނީ، ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ބެލެވޭ، މިހާރު ދެމީހުންވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި“ ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ މިއަދު ހަވީރު 4:05 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށާއި މިކަން ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ. ދެމީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި އަދި އެ ސައިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

5 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *