ހޮނިހިރު ދުވަހަކީ އާންމުގޮތެއްގައި ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރު ހުޅުވާ ދުވަހެއް ނަމަވެސް މާދަމާ އެ ދެ ތަން ބަންދުވާނެ ކަން ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން އިއުލާނު ކޮށްފި އެވެ.
މިކަމާއިބެހޭގޮތުން ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ”އާންމުކޮށް ހޮނިހިރު ދުވަހު ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރު ހުޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް 2016 ޖުލައި 31 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ހަމަޖެއްސެވުމާއި ގުޅިގެން 2016 ޖުލައި 30 ވާ ހޮނިހިރު ދުވަހު ގައުމީ ދާރުލްއާސާރާއި، އުތީމު ގަނޑުވަރު ނުހުޅުވާގޮތަށް ވަނީ ހަމަޖެހިފައި“ ކަމަށެވެ.
ނަމަވެސް 2016 އޯގަސްޓް 1 ވާ ހޯމަ ދުވަހު ސަރުކާރު ހުޅުވުމަށްފަހު ދެން އަންނަ ހޮނިހިރު ދުވަސްތަކުގައި ގައުމީ ދާރުލްއާސާރާއި އުތީމު ގަނޑުވަރު ކުރިޔެކޭވެސް އެއްގޮތަށް ހޮނިހިރު ދުވަހު ހުޅުވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް ހެރިޓޭޖްގެ އިއުލާނުގައި ވެ އެވެ.