ޓުރިސްޓު ވިސާގައި ރާއްޖެ އައިސް ނޫސްވެރިކަން ކުރަން އުޅުނު ދެ މީހަކު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭ އިދިކޮޅު އިއްތިހާދުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާ އޮތް ސަރަހައްދުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަޓިފިޝަލް ބީޗު ސަރަހައްދުން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓޫރިސްޓު ވިސާގައި އައިސް އުޅޭ މީހަކަށް ސިޔާސީ ހަރަކާތެއްގައިވެސް އަދި ނޫސްވެރިކަންވެސް ނުކުރެވޭނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ވަނީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ފުލުހުންނަށް ދައްކާފަ އެވެ. ނަމަވެސް އެމީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ސާފެއް ނުވެ އެވެ.
އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އެއްވެސް ވަރަށް ގަދަ ދައްކާފައި ނުވާ ކަމަށްވެ އެވެ.