މިދިޔަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު ފައިދާ އަށް މިލިއަން ރުފިޔާ ދަށްވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބުނުއިރު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 79.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި 88.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 33 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެސްޓީއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ވިޔަފާރިކުރުމަށް ހިނގި ހަރަދާއި ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި 1.3 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ހިންގުމުގެ ހަރަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ 36.5 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ތަފާސް ހިސާބު ދައްކާ ގޮތުގައި، ފައިދާ ދަށަށް ދާން މެދުވެރިވީ، ބައެއް އިދާރީ ހަރަދުތައް މިދިޔަ މަހު މައްޗަށް ދިޔުމާއި ފައިނޭންސް ކޮސްޓްތައް ބޮޑުވުމުގެ ސަބަބުންނެވެ.