ބިރު ދައްކައިގެން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އދ. ދިގުރަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ 21 އަހަރާއި 20 އަހަރުގެ ފިރިހެނެ ކެވެ، މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ 15 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައިގެން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން އެ ކުއްޖާއަށް ބިރުދެއްކާ ބަދު އަހުލާގީ އަމަލު ހިންގީ އެ ކުއްޖާގެ ފޮޓޯއެއް ނެގުމަށް ފަހު އެ ފޮޓޯތައް ޑިލީޓުކޮށްލުމަށް ވާހަކަދެއްކުމަށް ކަމަށް ބުނެ ފަޅުގެއަކަށް ގެންގޮސްގެންނެވެ.