ރައީސްގެ ދެ ކަނބަލުން މިރޭ ބޭއްވި ހަފްލާ – ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެ ކަނބަލުން މިރޭ ބޭއްވި ހަފްލާ – ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ ރަސްމީ ހަފްލާ ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ހަފްލާ މިރޭ ބާއްވައިފި އެވެ.

އެ ހަފްލާ އޮތީ އިސްލާމީ މަރުގެ މާބުލް ޖެހި ސަރަހައްދުގައި އެވެ. މީގެ ކުރިން މި ހަފްލާ ބާއްވަނީ ދަރުބާރުގޭގައި އެވެ.

މި ހަފްލާގައި މިނިސްޓަރުންނާއި އިއްޒަތްތެރިނާއި ގައުމުތަކުގެ ސަފީރުންނާއި މަންދޫބުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ ކަނބަލުންނާއި ކުރީގެ ފޮރިންގ މިނިސްޓަރު ދުންޔާ މައުމޫން ހިމެނިވަޑައިގެންނަވައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން ސްޓޭޓު މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ފުލުހުންނާއި ސިފައިންވެސް މިނިވަން ދުވަހުގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ހަފްލާގައި ރައީސްގެ ދެ ކަނބަލުން ވަނީ އެ ހުރިހާ ބޭފުޅުންނާއި ވަކިވަކިން ބައްދަލު ކުރައްވާ މިނިވަން ދުވަހުގެ ތަހުނިޔާ ދަންނަވާފައި އެވެ.

މި ހަފްލާ ކުރިޔަށް ގެންގޮސްފައިވަނީ އެ ހަފްލާއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޖާފަތަކާއި އެކު އެވެ. އެ ރަސްމިއްޔާތަށް 4000 މީހުންނަށް ދައުވަތު ދެވުނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *