ރާއްޖެ ޓީވީން ގެނެސްދޭ ޕްރޮގްރާމެއްގެ ތެރެއިން – ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެ ޓީވީން ގެނެސްދޭ ޕްރޮގްރާމެއްގެ ތެރެއިން – ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެ ޓީވީގެ ”ފަލަ ސުރުހީ“ ޕްރޮގްރާމް ހުއްޓުވާނެ ކަމުގެ އިންޒާރު ދީފި

 

ރާއްޖެ ޓީވީން ގެނެސްދޭ ”ފަލަ ސުރުހީ“ ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެޓިކްސްއާ ހިލާފުވާނަމަ، ހުއްޓުވާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އެ ސްޓޭޝަނަށް ދީފި އެވެ.

އެމްބީސީން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ބްރޯޑްކާސްޓް ކުރި ފަލަ ސުރުހީ ޕްރޮގްރާމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ފަނޑިޔާރުންނަށް އަމާޒުކޮށް އެތަނުގެ އަބުރާ އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވަ ކަމަށެވެ. އަދި އެ ވާހަކަތައް ރާއްޖެ ޓީވީން ދެއްކީ ޑިލޭ ކުރުމެއް ނެތި ކަމަށެވެ.

ނަމަވެސް ރާއްޖެ ޓީވީން އެ މައްސަލައިގަ ބުނެފައިވަނީ އެ ކޮންޓެންޓް ޓީވީން ފޮނުވީ ޑިލޭކޮށްގެން ކަމަށެވެ.

އެމްބީސީން ބުނީ ދައުލަތުގެ އިސް ބައެއް ބޭފުޅުންނަށް ނިސްބަތްކޮށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގެ ސަބަބުން އެ ބޭފުޅުންގެ އަބުރާއި އިއްޒަތަށް އުނިކަން ލިބޭނެ ކަމަށެވެ. އެހެންވެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖެ ޓީވީން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން އަންނަ މަހުގެ ތިނެއްގެ ކުރިން، ރޭގަނޑު 08:00 އާއި 08:30އާ ދެމެދު އާންމު ކުރުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ޑިލޭއަކާއެކު ފަލަ ސުރުހީ ޕްރޮގްރާމް ދެއްކުމަށާއި ބްރޯޑްކާސްޓް ކުރުމުގެ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ، ފަލަ ސުރުހީ ޕްރޮގްރާމް ވަގުތުން ހުއްޓާލުމަށް ވެސް ކޮމިޝަނުން ފޮނުވި ސިޓީގައި އަންގާފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *