ކުރީގެ ކަރުދާން ނޫޓުތަކަށް ބޭންކުތަކުން ބަދަލު ދޭނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
ކުރީގެ ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ރުފިޔާ ފިޔަވާ އެހެން ނޫޓުތަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. އެކަން ކަނޑައަޅުއްވާ ރައީސް އަބްދުﷲ ޔާމީން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ އެ ދުވަހުގެ ފަހުން އެ ނޫޓުތަކަކީ ރާއްޖޭގެ ލީގަލް ޓެންޑަރު ނޫން ކަމަށެވެ.
އަދި ކުރީގެ ނޫޓުތައް އެމްއެމްއޭއިން ބަދަލު ކުރެވޭނީ 2021 ޖުލައި 31، ގެ ނިޔަލަށް ކަމަށެވެ. ބޭންކުތަކުން ބަދަލު ކުރެވޭނެ ތާރީހެއް އެމްއެމްއޭއިން އަންގާނެ ކަމަށެވެ.
އެމްއެމްއޭއިން ބުނީ ކުރީގެ ނޫޓުތައް ރަންދިހަ ފަހެއް ނޫޓަށް މިއަހަރުގެ ނިޔަލަށް ބޭންކުތަކުން ބަދަލުކޮށްދޭނެ ކަމަށެވެ. އެގޮތުން ބޭންކުތަކުގެ ކައުންޓަރުތަކުންނާއި ޑިޕޮސިޓް އޭޓީއެމްތަކުގެ އިތުރުން ދޯނި ބޭންކުތަކުން ޑިސެމްބަރުގެ ނިޔަލަށް ކުރީގެ ނޫޓުތައް ބަލައިގެންނާނެ އެވެ.
އަދި ކުރީގެ ފަސް ރުފިޔާ ނޫޓު އުވިގެންދާނީ ފަސް ރުފިޔާގެ ފައިސާ ފޮތި ނެރެވެންދެން ކަމަށް އެމްއެމްއޭއިން ހާމަ ކުރެ އެވެ. އެމްއެމްއޭއިން ދަނީ އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކޮށް ކުރީގެ ކަރުދާސް ނޫޓުތައް ރަންދިހަ ފަހަކަށް ބަދަލުކޮށްދެމުންނެވެ.
ފަސް ރުފިޔާ ފިޔަވާ ކުރީގެ ކަރުދާސް ނޫޓުތަށް އުވެން ހަތް ދުވަހަށް ވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ކުރީގެ ނޫޓުގެ ގޮތުގައި ދައުރުވަމުން ދަނީ ނުވައެއް އިންސައްތަ ރުފިޔާއެވެ.