ތޮއްޑޫއަށް ގޮސްއުޅޭ ޗައިނާ ފަތުރުވެރިންތަކެއް އެ ރަށުގައި ބާއްވަމުންދާ ކުޑަކުދިންގެ ހަވީރެއްގައި އޫރުމަސް ހުރި ލުއި ކާނާ ޕެކެޓުތަކެއް ކުޑަކުދިންނަށް ބެހި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ތޮއްޑޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކުޑަކުދިންގެ ހަވީރަކީ އެ ރަށަށް ގޮސް އުޅޭ ޗައިނާ ފަތުރުވެރިން ތަކެއް އެކި ދުވަސްތަކުގައި ބާއްވަމުން އަންނަ ކުޑަކުދިންގެ ހަވީރު ތަކެއް ކަމަށެވެ. އެ ހަވީރުތަކުގައި އެކި ކަހަލަ ލުއި ކާނާއި އާއި ކުޅޭ އެއްޗެހިވެސް ބަހަމުންދާ ކަމަށެވެ.
ކައުންސިލުން ބުނީ އޫރު މަސް ހުރި ލުއި ކާނާ ޕެކެޓުތަކުގައި ހުރީ ކޮން އެއްޗެއްކަން ނޭނގި ބައެއް މީހުންނާއި ކުޑަކުދިން އޭގެ ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ކައުންސިލުން ވަނީ މިފަދަ އެއްވުންތަކާއި ކުޑަކުދިންގެ އެފަދަ ހަރަކާތްތަކުގައި ދެވޭ ހަދިޔާތަކުގައި ހިމެނޭ އައިޓަމްތަކަކީ ކޮން އެއްޗެއްކަން ބަލައި ޔަގީންކުރުމަށްފަހު ނޫނީ ނުދިނުމަށް މި ހަރަކާތްތައް އިންތިޒާމްކުރާ ފަރާތްތަކަށް އަންގާފައި ކަމަށެވެ.
ހަދިޔާގެ ގޮތުގައި ބެހި އެ ލުއި ކާނާ ޕެކެޓުގައި އޫރުމަސް އެކުލެވިގެންވާކަން ވަރަށް ސާފުކޮށް ލިޔެފައިވެ އެވެ.