ސާމިޔާ ޒަކަރިއްޔާގެ ހާއްސަ ދަރުހެއް މާދަމާ ރޭ ލ ފޮނަދޫގައި

އަލްއުސްތާޛާ ސާމިޔާ ޒަކަރިއްޔާގެ ހާއްސަ ދަރުހެއް މާދަމާރޭ ލ ފޮނަދޫގައި ކުރިއަށްގެންދަން ނިންމާފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ މާދަމާ ރޭ ލާމު އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަރުހަކީ އަންހެން ކަނބަލުންނަށް ހާއްސަ ދަރުހެއް ކަމަށެވެ. ދަރުސް ފެށޭނީ މާދަމާ ރޭ (ބުރާސްފަތި ދުވަހުގެ ރޭ) 08:30 ގައި ކަމަށެވެ.

13692360_1228131163866089_763881550_o

”ތިޔަ ކަނބަލުންގެ މަގާމް“ މި ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ މި ދަރުހަކީ ފޮނަދޫ ކައުންސިލް އާއި ކައުންސިލްގެ ދީނީ ގޮފީގެ ފަރާތުން، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ސިލްސިލާކޮށް ކޮންމެ މަހަކު ހިންގޭ ހަރަކާތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމުގައި ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *