ނައިބް ރައީސް ކަމަށް ޖިހާދު އައްޔަން ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް
ނައިބް ރައީސް ކަމަށް ޖިހާދު އައްޔަން ކުރައްވަނީ – ފޮޓޯ: ރައީސް އޮފީސް

ނައިބް ރައީސް ޖިހާދަށް މަޖިލީހުން ރުހުން ދީފި

ރައީސް އަބްދުﷲ ޔާމީން ނައިބް ރައީސް ކަމަށް އައްޔަން ކުރައްވާފައިވާ އަބްދުﷲ ޖިހާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ނައިބް ރައީސް ކަމަށް ޖިހާދު އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

ނައިބް ރައީސް ޖިހާދު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. މިއީ ރައީސް ޔާމީންގެ ތިން ވަނަ ނައިބް ރައީސެވެ.

ކުރީގެ ދެ ނައިބް ރައީސުން މަގާމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކޮށްގެންނެވެ.

ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ ސަރުކާރަށް އެއްބާރުލުން ނުދެއްވާތީ އެވެ. ދެވަނަ ނައިބް ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރެއްވީ ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު ހައްޔަރު ކުރެއްވުމާއި ގުޅިގެންނެވެ.

ރައީސް އަބްދުﷲ ޔާމީން ނައިބް ރައީސަކު އައްޔަން ކޮށްފައި މިވަނީ އަދީބު މަގާމުން ވަކި ކުރެއްވިތާ އަށް މަސް ފަހުންނެވެ. ނައިބް ރައީސް ޖިހާދު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައި އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *