މިދުވަސްވަރަކީ ބޮލީވުޑްގެ އެކްޓްރެސް ކަރީނާ ކަޕޫރުގެ ދިރިއުޅުމުގައި އެންމެ އުފާވެރި އެއް ދުވަސްވަރަށް ވާނެކަން ޔަޤީނެވެ. އެހެންނަމަވެސް ކަރީނާ ހުރީ މީޑިޔާ ދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ކަރީނާ ގެ ފިލްމީ ކެރިއަރަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ އާއި ވިހެއުމަށްފަހު ކަރީނާ އެނބުރި އަންނާނެތޯ މީޑިޔާއިން މާބޮޑަށް ބަލަން ބޭނުންވާތީ ކަރީނާ ހުރީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ރުޅިގަދަވެގެން ހުރި ކަރީނާ ބުނެފައިވަނީ މީޑިޔާއިން އޭނާ ފަހަތުން އެސުވާލުކުރަމުން އަންނަ އައުން މިހާރުން މިހާރަށް ހުއްޓަންވެއްޖެކަމަށެވެ. މިއީ 2016 ވަނަ އަހަރުކަން ހަނދާންކޮށްދެމުން ކަރީނާ ބުނެފައިވަނީ މިއުޅެނީ 1800 އަހަރުތަކުގެ ތެރޭގައި ނޫންކަމަށާއި އެދުވަސްވަރުވެސް މިހާރަށް ވުރެ މީހުން ހޭލުންތެރިވެފައި ކަންކަމާމެދު ދެކޭގޮތް މިހާރަށް ވުރެ ރަނގަޅުކަމަށެވެ. އޭނާ ބަނޑުބޮޑުވުމުން ތަފާތުގޮތަކަށް އޭނާ އާ މެދު ކަންތައްކުރުން ހުއްޓަންވެއްޖެކަމަށްވެސް ކަރީނާ ވަނީ ބުނެފައެވެ. މިސެޕްޓެމްބަރ މަހުންފެށިގެން ކަރީނާ މަސައްކަތްތަކާއި ދުރުވާ ވާހަކަތައް މީޑިޔާގެ ފަލަ ސުރުޚީއަށް އެރުމާއެކު އެކަން މިވަނީ ކަރީނާ އަށް ވަރަށް ބޮލަށް އުނދަގޫކަމަކަށްވެފައެވެ. ކަރީނާ ބުނެފައިވަނީ ބަނޑުބޮޑުވުމަކީ ދުނިޔޭގައި ހިނގާ އެންމެ އާންމު އެއްކަންތައްކަމަށެވެ. އެކަން ބޮޑުކަމަކަށް ހަދައިގެން މީޑިޔާއިން ނޫޅުމަށް ކަރީނާ ވަނީ އެދިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ކަރީނާ ވިހެއުމުގެ ކުރިން “ ވީރު ދި ވެޑިންގ“ ގެ މަސައްކަތް ކުރާނެއެވެ. އެފިލްމުގެ ޝޫޓިން އޮތީ އަންނަ މަހުކަމަށްވެއެވެ.