ހުޅުމާލޭގައި ޗައިނާ ސަރުކާރުން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ދަނީ – ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ޗައިނާ ސަރުކާރުން އަޅާ ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ދަނީ – ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ނިމެނީ

ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ޗައިނާ ސަރުކާރުގެ ލުއި ލޯނުގެ އެހީގައި ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހާމަކޮށްފި އެވެ.

އެ ފްލެޓްތަކުގެ މަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. އެ ކުންފުނިން ހުޅުމާލޭގައި އަޅަނީ 704 ފްލެޓެވެ.

އެޗްޑީސީން ބުނީ ފްލެޓްތަކުގެ ފެންވައިރު ކުރުމާއި ކަރަންޓުގެ މަސައްކަތްތަކުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި އަންނަ ޑިސެމްބަރުގެ ނިޔަލަށް ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.

ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން ދަނީ 1100 ފްލެޓެވެ. އޭގެތެރެއިން 385 ފެލްޓް އަޅަނީ އިންޑިއާ ސަރުކާރުގެ ލުއި ލޯނުގެ އެހީގަ އެވެ.

މި ފްލެޓްތަކުގެ މަސައްކަތް ފަށާފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *