އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޑީއެފްއާއި އިމިގްރޭޝަނުން ސޮއިކޮށްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް އިމިގްރޭޝަން އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރެވެ.

މި އެއްބަސްވުމަކީ އެމްއެންޑީއެފް އާއި އިމިގްރޭޝަން، މި ދެމުއައްސަސާއިން ޤާނޫނީ ގޮތުން ހަވާލުކުރެވިފައިވާ މަސައްކަތްތަކުގައި ދެފަރާތުން އެއްބާރުލުން ފޯރުކޮށްދީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި މަޢުލޫމާތު ހިއްސާކޮށް، އެއް ވިސްނުމެއްގައި މަސައްކަތްކުރުމުގެ ރޫހާއި މަގު ތަނަވަސްކުރުމަށް ވެވުނު އެއްބަސްވުމެއްކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

mou2

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސް ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް އާއި ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޢަބްދުﷲ އަލްގީންގެ އިތުރުން އިމިގްރޭޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *