ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް – ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް – ފޮޓޯ: މަޖިލީސް

ޕީއެސް އައްއޔަން ކުރުމުގެ ބާރު މިނިސްޓަރަށް ލިބޭ އިސްލާހު ފާސްކޮށްފި

ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރުމުގެ ބާރު މިނިސްޓަރުންނަށް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާޙު މަޖިލީހުން ފާސްކޮށްފި އެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ތާއީދާއި އެކު އެވެ. މި އިސްލާހާއި ދެކޮޅަށް 22 މެންބަރުން ވޯޓުދެއްވާފައިވެ އެވެ.

އެ އިސްލާހުގައި ވާގޮތުން ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.

ޕީއެސް އައްޔަން ކުރުމުގެ ބާރު މިހާރު އޮންނަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުމުން އިދިކޮޅު ފަރާތްތަކުން ވަނީ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާލުވެފައި އެވެ. އެގޮތުން އިސްލާޙު ފާސްވެއްޖެ ނަމަ ޕީއެސް އިންގެ ގޮތުގައި ތިއްބަވާނީ ސިޔާސީ ބޭފުޅުން ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުގެ އިތުރުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންވެސް ވަނީ މިއަދުގެ ޖަލްސާގައި މި އިސްލާހަށް ފާޑުވިދާޅުވެފައި އެވެ. އޭނާ ވިދާޅުވީ މި އިސްލާޙުގެ ސަބަބުން ސިވިލް ސާވަންޓުންނަށް ސިޔާސީ ނުފޫޒު ފޯރާ ވަޒީފާގެ ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *