އަރީވާ: ޒުވާނުންނަށް ހާއްސަ ކެފޭ ރެސްޓޯރެންޓެއް !

ހިތްގައިމު، ހިތްފަސޭހަ މާހައުލެއްގައި ކޮފީއެއް ބޯލާ އެކުގައި އަނގަތަޅާލަން ދިމާވެލުމަކީ ޒުވާނުންގެ އާދައެކެވެ. މި ކަމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށް، ނިމިދިޔަ ހަފްތާގެ ތެރޭގައި އަލަށް ހުޅުވުނު ”އަރީވާ“ ކެފޭ، ރެސްޓޯރެންޓަކީ ސަޅި ލޮކޭޝަނެއްގައި ގާއިމްކޮށްފައިވާ ތަފާތު ކެފޭ ރެސްޓޯރެންޓެކެވެ.

މި ރެސްޓޯރެންޓް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގަ އެވެ. އެންމެ މަތީގައި ޕްރައިވެޓް ސްޕޮޓެއް ހިމެނޭ މި ރެސްޓޯރެންޓަކީ ތިން ބުރިއަށް ހަދާފައިވާ ރެސްޓޯރެންޓެކެވެ. މި ކެފޭ، ރެސްޓޯރެންޓް ހުންނަނީ ހިލާލީގޭ ބިއްދޮށުން އޮންނަ ފިޔާތޮށި މަގުގަ އެވެ.

engeytha

”މިއީ ކޮފީތަކަށާއި ޝީޝާއަށް ލޯބިކުރާ ޒުވާނުންނަށް ހާއްސަ ރެސްޓޯރެންޓެއް، މިތަނުގެ ހިދުމަތް ރަނގަޅުވެފަ ހިދުމަތުގެ އަގު ހެޔޮ ވާނެ، އެހެން ހުރިހާ ކެފޭ ރެސްޓޯރެންޓްތަކަށްވުރެ މިތާނގެ އަގު ހެޔޮ ވާނެ، ކޮފީވިޔަސް އަދި ޝީޝާ ވިޔަސް“ އަރީވާ ކެފޭ، ރެސްޓޯރެންޓުން ހާމަކުރެ އެވެ.

2

މި ކެފޭ، ރެސްޓޯރެންޓުން އާންމުކޮށް އެހެން ރެސްޓޯރެންޓް ތަކުން ލިބޭ ކެއުންތަކާއި ބުއިންތައް ވެސް ލިބޭނެކަމުގައި އަރީވާއިން ހާމަކުރެ އެވެ. އަދި އެ ސަރަހައްދުގައި ހުންނަ އޮފީސްތައް ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި ކަސްޓަމްސް އާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުންނަށް އަރީވާ އިން ހާއްސަ އަގުތަކެއްގައި ހިދުމަތް ލިބިގެންދާނެ ކަމުގައިވެސް އަރީވާއިން ހާމަކުރެ އެވެ.

3

އަރީވާ އިން ހާމަކުރާގޮތުގައި ހަފްތާގެ ކޮންމެ ދުވަހަކު ފަތިހު 5:30 އިން ރޭގަނޑު 12:00 އަށް ހުޅުވިފައި ހުންނާނެ އެވެ.

4

ދުވަހުގެ މި އާޓިކަލް ޝެއާކޮށްގެން ހަތަރު މީހުންގެ ގްރޫޕަކަށް އަރީވާ އިން ހާއްސަ ވީއައިޕީ ޑިނާއެއް ލިބުމުގެ ފުރުސަތު އަރީވާ އިން ވަނީ ހުޅުވާލާފަ އެވެ. ދުވަސްގެ ފޭސްބުކް ޕޭޖްގައި މި އާޓިކަލްއާއި ގުޅޭ ޕޯސްޓް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހަތަރު ބޭފުޅުންގެ ގްރޫޕަކަށް ވީއައިޕީ ޑިނާއެއް ލިބިގެން ދާނެ އެވެ. ގުރުއަތުލުމުގައި ހިމެނޭނީ މާދަމާގެ މެންދުރު 12:00 އާއި ހަމައަށް ޝެއާ ކުރާ ފަރާތްތަކުގެ ނަންތަކެވެ.

6

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *