ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިންތިހާބުތަކުގައި އީސީއަށް އެއްބާރުލުން ދިނުމަށް އެލްޖީއޭއިން ސޮއިކޮށްފި

ކުރިއަށް އޮތް އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނެވެ. އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ނައިބު ރައީސް މޫސާ ލަތީފެވެ.

އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހުރިހާ އިންތިހާބުތަކުގައި ކައުންސިލުތަކުގެ އެހީތެރިކަން އެ ކޮމިޝަނަށް ލިބިގެންދާނެ އެވެ. އިލެކްޝަނުން ބުނީ އެ އެބަސްވުމުގައިވާގޮތަށް އެއްބާރުލުންދޭންޖެހޭނީ ކައުންސިލަރުން ނޫންކަމަށާއި އިލެކްޝަނާއި ގުޅިގެން ކަންކަމުގައި އުޅުއްވާނީ އެ ކައުންސިލެއްގައި ހުންނަވާ ޒިންމާދާރު ވެރިޔާ ކަމަށެވެ.

އެއްބަސްވުމެއްގެ ދަށުން ދެން އިންތިހާބާ ގުޅޭ ކަންކަން ބަލަހައްޓާނީ ކައުންސިލްތަކުން ނުވަތަ އެތަނުން ކަނޑައަޅާ ބައެކެވެ. ރަށްރަށުން ކުރިމަތިލާނެ ކެންޑިޑޭޓުންގެ އަދަދާއި ވޯޓު ފޮށި ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުން ފަދަ ކަންކަން އަވަސް ކުރުމަށް މި އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވެ އެވެ.

އެލްޖީއޭއިން ބުނީ އެބްސަވުމުގެ ދަށުން މާލިއްޔަތު ގާނޫނުގައި ބުނެފައިވާ އުސޫލުތަކާއި އެއްގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި އެ އޮތޯރިޓީން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށެވެ.

ދެން އެންމެ އަވަހަށް ބާއްވަން ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *