ފުލުހުންނަށް ހިންގި ދެ ކޯހެއް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމަންޓް ސްޓަޑީސް އާއި ކޮމިޝަނަރސް ބިއުރޯ ގުޅިގެން ކުރިޔަށް ގެންދިޔަ ޑިޒާސްޓަރ މެނޭޖްމަންޓް ކޯހާއި ޓެރަރިސްޓް އެޓޭކް ކޯސް ުރިހަމަކުރި ބައިވެރިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

2016 ޖުލައި 13 ވަނަ ދުވަހު އިސްކަންދަރުކޮށީގައި އޮތް ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިނަށް ސެޓްފިކެޓް ހަވާލުކޮށްފައިވަނީ  ކޮމިޝަނާސް ބިއުރޯގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މައްނާނު ޔޫސުފް އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި  ޖުލައި 10 ން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޑިސާރސްޓަރ މެނޭޖްމަންޓް ކޯހުގައި ޖުމްލަ 30 ފުލުހުން ބައިވެރިވެފައިވެއެވެ.

މި ކޯހުގައި ކިޔަވައި ދީފައިވަނީ ޤުދުރަތީ ކާރިސާ ތަކާއި ކުއްލި ޙާލަތްތަކުގައި އެކިއެކި ޙާލަތު ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ވީހާވެސް އަވަސް ނިޒާމެއްގެ ތެރެއިން ޢާއްމު ޙާލަތަށް ރުޖޫޢަވުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަންކަން ކުރުމުގައި ޢަމަލު ކުރުން އެންމެ ރަނގަޅު ގޮތްތަކާ ބެހޭގޮތުން ކަމަށާއި ހަމަ އެއާއެކު ކާރިސާގެ ވަގުތުގައި ނުވަތަ ނުރައްކާތެރި ޙާދިސާގެ ވަގުތު ތަކުގައި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކާއި ނުތަނަވަސްކަމުން އަރައިގަތުމަށާއި ހާސްކަން ފިލުވައި ދިނުމުގައި ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ދީފައި ވާއިރު މިއާއެކު އެފަދަ ޙާލަތްތަކުގައި ކަންކުރުމުގައި ޢަމަލުކުރާ އުޞޫލުތައް ކިޔައި ދީފައި ވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި  ޖުލައި 12 ން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އިމަޖެންސީ ޓެރަރިސްޓް އެޓޭކް ކޯހުގައި ޖުމްލަ 30 ފުލުހުން ބައިވެރިވެފައިވެއެވެ.

IMG_0100

މިކޯހުގައި ބައިވެރިންނަށް ވަނީ ޓެރަރިސްޓް ޙަމާލާއެއް ނުވަތަ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ނޫންނަމަ އެފަދަ ޙާލަތަކުން ރައްޔިތުންނަށް ނުރައްކާތެރިކަން ކުރިމަތިވެ ހާސްކަން ކުރިމަތިވާ ވަގުތުތަކުގައި ޢާއްމު ޙާލަތަށް ރުޖޫޢަވުމާއި އެފަދަ ޙާލަތަކަށް އެންމެ އެކަށޭނަ ފުރަތަމަ އެހީގެ މަޢުލޫމާތު ދީފައިވާކަމަށާއި މީގެ އިތުރުން އެފަދަ ޙާލަތަށް މުހިއްމުވާ ކައުންސިލިންގެ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާއި ފަސްޓްއެއިޑްގެ ބޭސިކް ކައުންސިލިންގް ސްޓްރެޓަޖީސް އާއި ދިގުމުއްދަތަކަށް ސައިކޮލޮޖިކަލް އެހީތެރިކަން ދޭނެ ރަނގަޅު ގޮތްތައް ކިޔާދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މި 02 ކޯހުގައި ވެސް ކިޔަވައިދީފައިވަނީ އިޓަލީގެ މިލާނޯ ޔުނިވާރސިޓީގެ ތަޖުރިބާކާރު ޕްރޮފެސަރުންނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރސް ބިއުރޯ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މައްނާނު ޔޫސުފް އާއި، އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމަންޓް ސްޓަޑީސް ގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނައަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *