މިއީ ނައީމާ: އެކުވެރި އަރަބި އިމާރާތުގައި ނައީމާއަށް ތަރުހީބު އޮހެނީ !

މިއީ އެކުވެރި އަރަބި އިމާރާތުގެ އަލް ގައްސީމީ ހޮސްޕިޓަލުގެ މުވައްޒަފެކެވެ. ނަމަކި ނައީމާ އަލް ނާޚީ އެވެ. އިއްޔެ ނައީމާ ކުރި ކަމަކުން ނައީމާގެ ނަން މި ވަނީ އެކުވެރި އަރަބި އިމާރާތުގެ ނޫސްތަކުގެ ފަލަސުރުހީއަށް އަރާފަ އެވެ. ނައީމާއަށް އަންނަނީ ތައުރީފް އޮހެމުންނެވެ.

މި ދުވަސްވަރަކީ އެކުވެރިއަރަބި އިމާރާތަށް ހޫނުގަދަ ދުވަސްވަރެކެވެ. ފިނިހޫނުމިން އުޅެނީ 35 ޑިގްރީ ސެލްސިއަސްގަ އެވެ. ނައީމާ މިއަދު ވަނީ އެ ހޮސްޕިޓަލުގެ ބޭރުގައި އަވިގަނޑުގައި ޕާކުކޮށްގައި އޮތް ކާރެއްގެ ތެރޭގައި ހޫނުގަދަވެ ހާސްވެފައި ތިބި ތިން އަންހެންކުދިން ސަލާމަތް ކޮށްފަ އެވެ. އެއީ ދެ އަހަރުގެ އަންހެންކުއްޖަކާއި ތިން އަހަރުގެ އަންހެންކުއްޖަކާއި ހަތް އަހަރުގެ އަންހެންކުއްޖެކެވެ.

uea

އެގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުން އެ ކުދިން ކާރު ތެރޭގައި ތާށިވެފައިތިބީ އެ ކުދިންގެ ބައްޕަ އެ ކުދިން އެ ކާރުގެ ތެރޭގައި މަޑުކުރުމަށް އެދުމަށްފަހު ނިކުމެގެން ދިއުމަށްފަހު ހަބަރެއް ނުވުމުންނެވެ.

ހޮސްޕިޓަލުގެ މަސައްކަތުމީހެއްގެ އެހީތެރިކަމާއެކު ނައީމާ ވަނީ ކާރުގައި ތާށިވެފައިތިބި މި ތިން އަންހެންކުދިން ސަލާމަށްކޮށް ހޮސްޕިޓަލަށް ގެންގޮސް އެކުދިންނަށް ފަރުވާދީފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *