ހިންމަފުށީ ހިއްކާ ސަރަހައްދުގެ ހޭޅި ސާފުކުރުމުގައި އައްސޭރިޖަލުގެ އޮފިޝަރުން ބައިވެރިވެއްޖެ

ކ. ހިންމަފުށީ ކައުންސިލުން އިސްނަގައިގެން، އެރަށުގެ ހިއްކާ ސަރަހައްދުގެ ހޭޅީގެ ގަސްތައް ކޮށައި ސާފުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރި ވެއްޖެއެވެ.

ކަރެކްޝަންސް އިން ހާމަކުރާގޮތުގައި މި މަސައްކަތުގައި އެރަށުގައި ހަރަކާތްތެރިވާ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ކުންފުނި ތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންވެސް ވަނީ ބައިވެރި ވެފައެވެ.

އެކި ގްރޫޕް ތަކަށް ބަހާލައިގެން މިއަދު ހެނދުނު 09:00 ގައި ފެށި މަސައްކަތް މިއަދު މެންދުރު 12:00 އާއި ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ކަރެކްޝަންސް އިން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *