އަދާލަތު ޕާޓީން ބުނީ ރާއްޖޭގައިވެސް މޫނުބުރުގާ އަޅާ މީހުންނަށް ބޭއިންސާފާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް --
އަދާލަތު ޕާޓީން ބުނީ ރާއްޖޭގައިވެސް މޫނުބުރުގާ އަޅާ މީހުންނަށް ބޭއިންސާފާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް --

މޫނު ބުރުގާ އަޅާ މީހުންނަށް ރާއްޖޭގައިވެސް އޮތީ ބޭ އިންސާފު: އަދާލަތު

ދިވެހި ސިވިލް ސާވިސްގައި ވަޒީފާ އަދާ ކުރާ އަންހެން މުވައްޒަފުންނަށް ހެދުމުގެ ބައެއްގެ ގޮތުގައި މޫނު ބުރުގާ އެޅެންޖެހޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސް ގަވައިދުގައި މޫނު ބުރާ މަނާކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ. އެ ޕާޓީން ބުނީ ސަރުކާރުގެ ގަވައިދުތައް އެގޮތަށް ހުރުމުން ޣައިރު މުސްލިމް ގައުމުތަކުގައި މުސްލިމް އަންހެނުންނަށް ކުރިމަތިލާން ޖެހިފައިވާ ބޭއިންސާފު އަނިޔާތަކާ ދިވެހި މުސްލިމް އަންހެން ކަނބަލުންނަށްވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ސަރުކާރާއި ދައުލަތުން ގެންގުޅޭ ”ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ“ ސަބަބުން ތަފާތު ވިސްނުންތަކަށް ޖާގަ ލިބިދޭ، އަނެކާގެ ވިސްނުމާއި ފިކުރަށް އިހުތިރާމް ކުރުމުގެ ރީތި ސިފަ ގެއްލި ދިވެހި މުޖުތަމައު ބައިބައިވަމުން ދާކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ސިވިލް ސާވިސްގައި ތިބި ގާބިލު އަންހެން ކަނބަލުންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވުމުގެ އިތުރުން ސިވިލް ސާވިސްގެ ތެރެއިން ގައުމާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ގާބިލް މުވައްޒަފުން މަދުވުމަކީ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ފޯރާނެ ކަމެއްކަމަށް ބުނެފައިވެ އެވެ.

“ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތަކަށް ވާއިރު އިސްލާމްދީނުގެ ޝިއާރެއް ފާޅުކުރުމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ވަޒީފާ އަދާކުރުމުގެ އަސާސީ ހައްގު ހިފެހެއްޓި، ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ގާނޫނީ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ހައްގުން މަހުރޫމުވާންޖެހޭ ސަބަބެއް ނޫން،“ އަދާލަތުން ނެރުނު ބަޔާނުގައި ވެ އެވެ.

އިތުރަށް އެބާނުގައި ވަނީ ހައްގުތަކާއި މިނިވަންކަން ލިބިދޭންޖެހެނީ ވަކި ފިކުރެއްގެ ވަކިގޮތަކަށް ހެދުން އަޅާ ބަޔަކަށް ކަމުގައި ދެކޭދެކުން ދޫކޮށް، ނިޒާމުގެ ތެރެއިން ރާވައިގެން މޫނު ބުރުގާ އަޅާ އަންހެން ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ހަނިކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

އެބަޔާނުގައި ވަނީ އެފަދަ މައްސަލަތަކުގައި ވަކާލާތުކޮށް ހައްގު ހޯދައިދިނުމަށް އަދާލަތު ޕާޓީން މަސައްކަތް ކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *