ފުލުހުން ތަހުގީގު ކުރަމުން އަންނަ މާރާމާރީ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ޖަނަވަރީ މަގުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ހޯދަމުންދާ ދެ މީހުންނަކީ ގ. ވަޑިނޮޅުގެ، މުޙައްމަދު ޝިމާޙު ރަޝީދު (19އ) އާއި ގދ. ފަރެސްމާތޮޑާ،ފަރެސްއަވަށް. ސަމަން، ޞަދޫޢު ސާމިޢު (19އ) ކަމަށެވެ.
ވީމާ މުޙައްމަދު ޝިމާޙު ރަޝީދު އާއި ޞަދޫޢު ސާމިޢު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެ އެވެ.