މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒުގައި

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އިސްލާމީ މަރުކަޒު މައިދާނުގައި ބާއްވަން ނިންމަވާފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

އެ އޮފީހުން ބުނެފައިވަނީ ރަސްމީ ބައްދަލުކުރެއްވުން އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ މައިދާނުގައި ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް މިފަހަރު ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށްވަނީ ނިންމަވާފައި، މިއީ 2007 ވަނަ އަހަރަށްފަހު މިހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވައިގެން ރަސްމީ ބައްދަލުކުރެއްވުން ބާއްވަވާ ފަހަރު“ ރައީސް އޮފީހުން ހާމަކުރެ އެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައި ވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *