މައުމޫން --
މައުމޫން --

މައުމޫނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ތާވަލް ކުރިފަހުން އަނބުރާ ގެންގޮސްފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީ ހިސޯރުކޮށްފައިވާކަމަށް ބުނެ އެ ޕާޓިގެ ތިން މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

މައްސަލަ އަނބުރާ ގެންދިޔަ އިރު އެ މައްސަލަ ވަނީ ސިވިލް ކޯޓުން ބަލައިގެންފަ އެވެ. އަދި އަންނަ އާދިއްތަ ދުވަހަށް ފުރަތަމަ އަޑުއެހުން ވަނީ ތާވަލްކޮށްފަ އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅީ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދާއި ނައިފަރު ދާއިރާގެ މެމްބަރު މުހައްމަދު ޝިޔާމް އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ.

މީގެ ތެރެއިން ނައިފަރު ދާއިރާގެ މެންބަރު  މުހައްމަދު ޝިޔާމް މައްސަލަ އަނބުރާ ގެންދިޔަ ސަބަބާއި ގުޅޭގޮތުން މީޑިއާގައި ވިދާޅުވެފައިވަނީ މައްސަލަ ހުށަހެޅި ބޭނުން ހާސިލްވެފައިވާތީ މައްސަލަ އަނބުރާ ނެގީކަމަށެވެ. ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މައުމޫން ރޭ ވަނީ ދޫދެއްވުމަށްފަހު ކޮމިޓީތަށް ހިންގުމުގެ ހުއްދަ ދެއްވާކަމަށާއި އެހެންކަމުން މައްސަލަ ކޯޓުގައި ކުރިޔަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މި ތިން މެންބަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ގުނަވަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިސްލާހު ކުރަން މައުމޫން އެކުލަވާލެއްވި އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށް ވެސް އެ މައްސަލާގައި އެދުނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *