މަސްތުވާތަކެއްޗާއެކު ހިރިލަންދޫން މީހަކު ހައްޔަރުކޮށްފި

ތ.ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ސެލޯފިންކޮޅާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2016 ޖުލައި 12 ވަނަ ދުވަހުގެ 13:30 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓުއަމުރެއްގެ ދަށުން އެނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅު ފެނިފައިވާއިރު އެގޭގެ ގުދަނެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ. މީގެއިތުރުން މި ގުދަން ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ޒާތުގެ ބައެއް ތަކެތިވެސް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *