ކަރީނާ އާއި ސައިފަށް ލިބެނީ ފިރިހެންކުއްޖެއްކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ބޮލީވުޑްގެ ދެތަރިންކަމަށްވާ ކަރީނާ ކަޕޫރު އާއި ސައިފް އަލީ ޚާން އަށް ދަރިޔަކު ލިބެންއުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް އެންމެ ފަހުން ސައިފް ވަނީ ޔަޤީންކޮށްދީފައެވެ. ދެމީހުންގެ ފުރަތަމަ ދަރިފުޅު ޑިސެމްބަރ މަހު އުފަންވާނެކަމަށް ސައިފް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކޮންކަހަލަ ކުއްޖެއްކަމެއް ނޭންގެއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން ދެމީހުންނަށް ލިބެނީ ފިރިހެންކުއްޖެކެވެ. ލަންޑަންގައި މީގެ މަހެއް ކުރިން މިދެތަރިން ޗުއްޓީ ހޭދަކުރުމަށް ގޮސްއުޅުނުއިރު ލިބެންއުޅެނީ ކޮން ޖިންސެއްގެ ކުއްޖެއްކަން ބަލާފައިވާކަމަށާއި ލިބެނީ ފިރިހެންކުއްޖެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ދެމީހުންގެ ސްޕޯކްސްޕާސަން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ސްޕޯކްސްޕާސަން ބުނެފައިވަނީ އެވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި ލަންޑަންގެ އެއްވެސް ޑޮކްޓަރަކާއެކު އެފަދަ ވާހަކަތަކެއް ދައްކާފައިނުވާކަމަށާއި މިވާހަކަތައް ފެތުރެމުން މިދަނީ މީހެއްގެ އަމިއްލަ ޚިޔާލެއްގެ މައްޗަށް ކަމަށެވެ.

ކަރީނާ އާއި ސައިފް މިވަގުތުވެސް އުޅެނީ ޗުއްޓީ ހޭދަކުރުމުގައެވެ. ރިޕޯޓްތައް ބުނާގޮތުން ކަރީނާ ވިހެއުމުގެ ކުރިން “ ވީރު ދި ވެޑިންގ“ ގެ މަސައްކަތް ކުރާނެއެވެ. އެފިލްމުގެ ޝޫޓިން އޮތީ އަންނަ މަހުކަމަށްވެއެވެ.

ކަރީނާ އާއި ސައިފް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *