އަސާސީ ގަވާއިދާ އެއްގޮތަށް ޕީޕީއެމްގެ ކޮމިޓީތައް ކުރިއަށްގެންދިއުމުގެ ހުއްދަ ރައީސް މައުމޫން ދެއްވައިފި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ކޮމިޓީތައް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާ ނިންމުމަށް ނިމުމެއް ގެނެސް ކޮމިޓީތައް ބޭއްވުމުގެ ހުއްދަ ރައީސް މައުމޫން ދެއްވައިފި އެވެ.

ކޮމިޓީތައް ކުރިއަށް ނުގެންދިއުމަށް ރައީސް މައުމޫން މީގެ ކުރިން އަންގަވާފައިވަނީ ޕީޕީއެމް އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާކަން އިއުލާނުކުރެއްވުމަށްފަހުގަ އެވެ. އިސްލާހީ މަސައްކަތަކެއް ފެއްޓެވުމަށްފަހު، ޕާޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަތުން ޕާޓީގެ ހިންގެވުމުގެ ބާރުތައް އަތުލެއްވި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޕާޓީގެ ގުނަވަންތަކާއި ކޮމިޓީތަކުގެ މަސައްކަތް ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް މިއަދުން ފެށިގެން ކުރިއަށްގެންދިއުން އެންމެ ރަނގަޅު ކަމަށް ޕާޓީގެ ރައީސް ވިދާޅުވެފައި ވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *